Shi’in Ge Thin Usul

Bismillahir-Rahmaanir-RaheemShi'inge Thin Usul Download PDF CLICK Shi’inge Thin Usul Download WORD DOC CLICK Shi’inge Thin Usul

#

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:

“تركت فيكم أمرين لن تضلوا ما تمسكتم بهما. كتاب الله وسنة نبيه”

މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރައްވަމެވެ. އޭގައި ހިފަހަށްޓާހާހިނދަކު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. އެއީ اللهގެ ފޮތާއި އެރައްބުގެ ނަބިއްޔާގެ ސުންނަތެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ: “عليكم بسنتي وسنة الخلفاء الراشدين المهديين”

މާނައީ: “ތިޔަބައިމީހުންނަށް އޮތޯ ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފުމެވެ. އަދި ތިމަންކަލޭގެފާނުގެ ފަހުން ވަޑައިންނަވާ ތެދުމަގުލިބިގެންވާ ޚަލީފާއިންގެ ސުންނަތުގައި ހިފުމެވެ.”

މިލިޔުމަކީ ޝިޢީންގެ މަޒުހަބު ބިނާވެފައިވާ ދެތިން ނުކުތާއަކާއި ބެހޭގޮތުން ވާހަކަދެކެވޭ ލިޔުމެކެވެ. މިލިޔުން ލިޔުނު ސަބަބަކީ ޝިޢީ ދަޢުވަތު ރާއްޖޭގައި ފެށިގެން ދާތާ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އެއާއިމެދު މާބޮޑު ފަރުވާލެއް އަޅާލުމެއް ލިބިފައިނުވާތީއެވެ. މިއީ އެންމެ އިސްކޮށް ކުރީގެ އެސް-އެސް މިހާރު ޝިޢީ އަޙްމަދު ޝަމީލު މުޙައްމަދު (ލުއްޑު) އާއި އިންޑިއާގައި އައި-ޓީ ކިޔަވަމުންދާ އިބްރާހީމް އަޒުހަދު ހުރެ ކުރިއަށްގެންދާ ދަޢުވާއެކެވެ. އެހެންކަމުން މިލިޔުމުގައި މިވަނީ ޝިޢީންގެ މަޒުހަބު އެއެއްގެ މައްޗަށް ބިނާވެފައިވާ ދެތިން އުޞޫލެއްގެ ވާހަކައާއި ކުރުގޮތަކަށް އޭގެ މައްޗަށް އަލިއަޅުވާލުމެކެވެ. މިކިޔާ ދަސްކުރާ މީހާއަށް އޭގެން ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ. އަދި މި މަދު އުޞޫލުތައް ދަސްކޮށްފިނަމަ މިނުބައި ދަޢުވާއާއި ދެކޮޅަށް ތެދުވުމަށް މީހާއަށް ކުޅަދާނަކަން ލިބުމަށް ފުދޭނޭކަމަށް އުއްމީދުކުރެވެއެވެ. އެހެނީ އެދަޢުވާއަކީ އެއްވެސް އަޞްލެއް ބުރަދަނެއްނެތް ދޮގުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ.

ދަންނާށެވެ. ޝިޢީ މަޒްހަބު އުފެއްދި މީހާއަކީ ޢަބްދުﷲ ބުނު ސަބައަ އޭ ކިޔުނު ޔަހޫދީއެކެވެ. އެމީހުންގެ މަގުފުރެދުން ބަޔާންކުރަން މިވަރުވެސް ފުދޭނެއެވެ. އަދި މިމީހުންނީ ޔަހޫދީންނަށްވުރެވެސް ނުބައި ބައެކެވެ. އެހެނީ މިއީ މުރުތައްދުންނެވެ. އަދި ޔަހޫދީއެއް ކައިރީގައި އެމީހުންގެ ދީނުން އެންމެ ހެޔޮމީހުންނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނެއެވެ. “އެއީ މޫސާ ޢަލައިހިއްސަލާމުގެ އަޞްޙާބުންނެވެ.” އެހެނެއްކަމަކު މިއުއްމަތަށް ނިޞްބަތްވެގަނެގެން އުޅޭ ޝިޢީންނާއި މިދީނުގެ އެންމެ ނުބައި މީހުންނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނެއެވެ: “މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންނެވެ.”

ނުކުތާތައް:

1)      އެމީހުންގެ ކާބަފައިންކަމުގައިވާ ޔަހޫދީންފަދައިން، ޝިޢީންނަކީ ދޮގުވެރިކަމުގައި މަޝްހޫރު ބައެކެވެ. އެމީހުން ތަޤިއްޔާއޭ ކިޔާ އުކުޅެއް ބޭނުންކުރެއެވެ. އެއީ ހިތުގައިވާގޮތް ނޫންގޮތެއް ދުލުން ބޭރުކުރުމެވެ. އަދި އެމީހުން މިއީ ދީނީ ޢަޤީދާގެ ކަމެއްކަމުގައ ދެކި އެކަންނުކުރާމީހާއީ އީމާންނުވާ ކާފަރެއްކަމުގައި ބުނެއެވެ. މުޙައްމަދު ބިން ޔަޢުޤޫބު ޝިޢީންގެ މައި ފޮތެއްކަމުގައިވާ އުޞޫލް އަލް ކާފީގައި ބުނެފައިވެއެވެ: “ހަމަކަށަވަރުންވެސް ދީނުގެ ދިހަބައިގެ ތެރެއިން ނުވަ ބަޔަކީ ތަޤިއްޔާއެވެ. (އޮޅުވާލާ ދޮގުހަދާ މަކަރުހެދުމެވެ.) އަދި ތަޤިއްޔާ އެމީހެއްގެ ކިބައިގައި ނެތް މީހާގެ ކިބައިގައި ދީނެއްނުވެއެވެ.” އަދި އަބޫ ޢަބްދުﷲގެ އަރިހުން ރިވާކޮށް ހަމައެފޮތުގައިވެއެވެ: “ތަޤިއްޔާ އެމީހެއްގެ ކިބައިގައި ނެތްމީހާގެ ކިބައިގައި އީމާންކަމެއް ނެތެވެ.” މީގެންވެސް އެނގެނީ އޮޅުވާލާ ދޮގުހެދުމީ އެމީހުން ކައިރީގައި اللهއާއި ގާތްވުމަށް ކުރެވޭ އަޅުކަމެއް ކަމެވެ. އެހެނެއްކަމަކު މިއީ މުނާފިޤުންގެ ޞިފައެކެވެ. الله ވަޙީކުރެއްވިއެވެ:

“يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِي قُلُوبِهِمْ”

މާނައީ: ” އެއުރެން (އެބަހީ މުނާފިޤުން) ގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ.”

 އަދި އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ފޮތް މިންހާޖުއް ސުންނާގައި ވިދާޅުވެފައިވަނީ ޝިޢީންނަކީ އެންމެ ދޮގުވެރި ޖަމާޢަތްކަމަށް ޢިލްމުވެރީން އެއްބަސްވެ އިއްތިފާޤުވެގެންވާކަމުގައެވެ. އަދި އިމާމް މާލިކު އަރިހުން ރިވާކުރައްވާފައިވެއެވެ. މާލިކު އަރިހުގައި އެމީހުންނާއިމެދު ސުވާލުދެންނެވުނެވެ. ވިދާޅުވިއެވެ: “އެމީހުންނާއި ވާހަކަނުދައްކާށެވެ. އަދި އެމީހުންގެ ކިބައިން ރިވާނުކުރާށެވެ. އެހެނީ އެއީ ދޮގުހަދާ ބަޔެކެވެ.” އަދި އިމާމު ޝާފިޢީ އަރިހުން ރިވާވެގެންވާގޮަތުގައި އެކަލޭގެފާނު ވިދާޅުވަނީ އެމީހުންނަށްވުރެ ދޮގު ހެކިދޭ ބަޔަކު އެކަލޭގެފާނު ދެކެވަޑައިނުގަންނަވާކަމުގައެވެ.

އެހެންކަމުން ޝިޢީން އެމީހުންގެ ޙަޤީޤީ ޢަޤީދާ ފޮރުވާން މަސައްކަތްކުރާނެއެވެ. ސުންނީންގެ ކުރިމަތީ މާ ރަނގަޅު ބައެއްކަމުގައި ދެއްކި ސުންނީ ޢަޤީދާއާއި ގާތްވެ އުޅޭނެއެވެ. އެގޮތުން ތިރީގައި އަންނަނިވި އުޞޫލުތަކަކީވެސް އެމީހުންނާއި އެއްވެސް ގުޅުމެއްނެތް ކަންކަންކަމުގައި ބުނެ އޭގެން ބަރީއަވާން މަސައްކަތްކުރާނެއެވެ. ޚާއްޞަކޮށް އެމީހުންގެ އަދަދު މަދުވެ ބަލިކަށިވެފައިވާ ދަނޑިވަޅުތަކުގައެވެ. މިސާލަކަށް ޝަމީލްއާއި އަޒްހަދު ހިންގި ޝިޢީ ސައިޓެއްގައި ފުރަތަމަ ތިން ޚަލީފާއިންނަކީ މުނާފިޤުންކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ. ނަމަވެސް އެމީހުންނަށް ނުރައްކާ ހީވާން ފެށިހިނދުން އެކަންކަން ފޮރުވަން މަސައްކަތްކުރިއެވެ. އަދި އަޒްހަދުވަނީ އަޅުގަނޑަށް އޭނާ ބަލާ ޝިޢީ ބައިވަރު ވީޑިއޯތައް މީގެ އަހަރުތަކެއް ކުރީން ދީފައެވެ. އޭގައިވެސް ވަނީ ފުރަތަމަ ތިން ޚަލީފާއިންނަށާއި އެނޫންވެސް ޞަޙާބީންނަށް އެއްޗެހި ކިޔާ އެބޭކަލުންނީ މުނާފިޤުންކަމުގައި ޞިފަކޮށްފައެވެ. މިވީޑީއޯތައްވެސް އޭނާ ދިނީ ތަޤިއްޔާގެ ދަށުން ފުރަތަމަ އޮޅުވާލައިގެންނެވެ. އަދި މަޑުމަޑުން ޝިޢީ މަޒްހަބަށް ދަޢުވަތުދޭން މަސައްކަތްކުރިއެވެ. ހުރިހާކަމެއްވެސް ދިޔައީ ތަޤިއްޔާގެ ދަށުން އޮޅުވާލައިގެން މަކަރުހަދައިގެންނެވެ. އެކަމަކު އެއާއި ޚިލާފަށް ޝިޢީންނަށް ބާރެއް ލިބިއްޖެނަމަ، އެމީހުންނަށްވުރެ މުސްލިމުންނަށް އަނިޔާވެރި ބަޔަކުވެސް ނޫޅޭނެއެވެ. މިއަދުގެ ސޫރިޔާގައި ފެންނަމުންމިދަނީ ޝިޢީންގެ އަނިޔާވެރިކަމުގެ ފުދޭ މިސާލެކެވެ. ބައްޝާރުލް އަސަދަކީ ހައްދުފަހަޅައިފައިވާ ޝިޢީއެކެވެ.

2)      ޝިޢީންގެ ޖުމްހޫރު ޤަބޫލުކުރާ ގޮތުގައި ޤުރުއާންވަނީ ބަދަލުކުރެވިފައެވެ. އަދި އެބަދަލު ކުރިކަމަށް އެމީހުން ދަޢުވާކުރަނީ ޞަޙާބީންނެވެ. އަދި އެކަމަށް ބާރުދޭންކަމަށް ބުނެ އެމީހުންގެ “ޢިލްމުވެރީން” ފޮތްފޮތްވެސް ދޮގުތަކުން އެކުލަވާ ލިޔެފައިވެއެވެ. މުޙައްމަދު ބުނު ޔަޢުޤޫބު، އުޞޫލް އަލް ކާފީގައި އަބޫ ޖަޢުފަރު ބުނިކަމަށް ރިވާކޮށްފައިވެއެވެ: “ޤުރުއާން الله ބާވައިލެއްވި ގޮތަށް ފުރިހަމަކޮށް އެމީހެއްގެ އަތުގައި ވާކަމަށް ދޮގުވެރި ކައްޒާބަކުނޫނީ ނުބުނާނެއެވެ.” އަދި އެމީހުންގެ ޢިލްމުވެރިއެއްކަމަށްވާ އައް-ނޫރީ ލިޔެވައިފައިވާ ފޮތް “ފަޞްލުލް ޚިޠޯބު”ގައި ޝިޢީންގެ މުޢުތަބަރު އެތައް އެތައް ސަތޭކަ ޢިލްމުވެރީންނެއް ޤުރުއާނަކީ މިހާރު ބަދަލުކުރެވިފައިވާ އެއްޗެއްކަމަށް ބުނެފައިވާ ބަސްތައް ނަޤުލުކޮށްފައިވެއެވެ. ތަޤިއްޔާގެ ދަށުން ސުންނީންގެ ކުރިމަތީ މިކަންވެސް ދޮގުކުރަން އެމީހުން މަސައްކަތްކުރާނެއެވެ.

ދަންނާށެވެ. ޤުރުއާނަށް އެއްވެސް ބަދަލެއް ގެނައުމީ އެއްވެސް އާދަމުގެ ދަރިއަކަށްވެސް ޖިންނިއަކަށްވެސް ކުޅަދާނަވެގެންވާނޭކަމެއްނޫނެވެ. އަދި ގެނެވޭނޭކަމަށް ބުނެއްޖެ މީހާއީ ބޮޑު ކާފަރެކެވެ. الله ވަޙީކުރެއްވިއެވެ:

“إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ”

މާނައީ: “ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންރައްބެވެ. އަދި ހަމަކަށަވަރުން، ތިމަންރައްބު، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ:

“لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ”

މާނައީ: “އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއްވެސް އުނިކުރުމެއް ނުވަތަ އިތުރުކުރުމެއްވެސް ނުގެނެވޭނެއެވެ.) (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ ރައްބުގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.”

އެހެންކަމުން ޤުރުއާން ބަދަލުކުރެވިފައިވާކަމަށް ބުނާމީހާ މިއާޔަތްތައް ދޮގުކޮށްފިއެވެ. އަދި ކާފަރުވެއްޖެއެވެ.

3)      އަދި އެމީހުން ދެކޭ ގޮތުގައި ޞަޙާބީންގެ ބޮޑު ޖަމާޢަތްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމަށްފަހުގައި މުރުތައްދުވެ ކާފަރުވެފައެވެ. އަދި ޢާއިޝާ ރަޟިﷲ އަންހާއަކީ ކާފަރެއްގެ އިތުރުން ޒިނޭކުރާ އަންހެނެއްކަމުގައި މިނުބައި ބައިގަނޑު ދަޢުވާކުރެއެވެ. الله އެބައިމީހުންނަށް ލަޢުނަތް ލައްވާށިއެވެ. ފުރޫޢުލް ކާފީގައި ވެއެވެ. ޖަޢުފަރު ބުންޏެވެ: “ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހުގައި މީސްތަކުންވީ މުރުތައްދުންކަމުގައެވެ. އެއީ ތިން މީހަކު ފިޔަވައެވެ. ތިމަންނަ ސުވާލުކުރީމެވެ. އެއީ ކޮން ތިން މީހުންނެއްހެއްޔެވެ. ޖަވާބުގައި ބުންޏެވެ. އެއީ މިޤްދާދު ބިން އަސްވަދާއި، އަބޫ ޒައްރު އަލް ޣިފާރީއާއި ސަލްމާން އަލް ފާރިސީއެވެ.” އަދި އަލް މަޖްލިސީ ޙައްޤުލް ޔަޤީނުގައި ރިވާކުރަނީ އަބޫ ބަކުރާއި ޢުމަރު ރަޟިﷲ އަންހުމާ އަކީ ދެކާފަރުން ކަމަށެވެ. އަދި އެދެބޭކަލުންދެކެ ލޯބިވާ މީހާއަކީވެސް ކާފަރެއްކަމަށެވެ. އަދި އެމީހުންގެ އެކިއެކި ޢީދުތަކުގައި ތަންތަނަށް އެއްވެ ޞަޙާބީންނަށް ލަޢުނަތްދީ އޭގެތެރެއިން ޖަނަވާރު އެއްޗެހި ގެނެސް އެއީ ޢާއިޝާ ރަޟިﷲ އަންހާ ކަމަށްބުނެ އެޖަނަވާރުގައި ތަޅާ މަރައެވެ. އަދި އެކަމަނާވަނީ މިހާރު ނަރަކައިގައި އުޑުފައިން އެލުވިފައިކަމަށް ބުނެއެވެ. މިސާލަކަށް މިޒަމާނުގެ ޝިޢީ “ޢިލްމުވެރިއެއްކަމަށްވާ” ޔާސިރު ޙަބީބު (ލަޢަނަހުﷲ) މިފަދައިން ބުނެ ނުލާހިކު ފަހުންވެސް ހަފުލާއެއް ބޭއްވިއެވެ. އަދި މިމުޑުދާރު ޝިޢީންގެ ކަންތައް ހުންނަ ހިސާބު އަންނަނިވި ބަސްތަކުން ދެކޭށެވެ. އަލްޙައުޒީގައި ޝިޢީންގެ ބޮޑުވެގެންވާ ޢިލްމުވެރިއެއްކަމަށްވާ ސައްޔިދު ޢަލީ، ބުނެފައިވެއެވެ: “ހަމަކަށަވަރުން ނަބިއްޔާ އެކަލޭގެފާނުގެ ލަދުވެތި ގުނަވަން ނަރަކައަށް ލާންޖެހޭނެއެވެ. އެހެނީ އެކަލޭގެފާނު ވަނީ ބައެއް މުޝްރިކު އަންހެނުންނާއި ޖިމާޢުވެވަޑައިގެންފައެވެ. (އެބަހީ ޢާއިޝާ އާއި ޙަފްޞާއެވެ.)” اللهގެ ލަޢުނަތް އެބައިގަނޑަށް ހުށްޓެވެ. އަދި އެމީހުންނަށް ވާގިވެރިވެ އެމީހުންގެ ދިފާޢުގައި އަގަހުޅުވާލާ ކޮންމެ މީހަކަށްވެސްމެއެވެ. އަހަރުމެންނާއި އެމީހުންނާއި ދެމެދުގައި ކަނޑިނޫން އިތުރު އެކައްޗެއްވެސްނެތެވެ.

ދަންނާށެވެ. ޞަޙާބީންގެ ބޮޑު ޖަމާޢަތަކީ ކާފަރުންނޭ ނުވަތަ ފާފަވެރި ފާސިޤުންނޭ ބުނާ މީހާއަކީ ބޮޑު ކާފަރެކެވެ. އެހެނީ الله ވަނީ ޤުރުއާނުގެ އެތައްތަނެއްގައި އެބޭކަލުންނަށް ތަޢުރީފުކުރައްވާފައެވެ. އަދި އެބޭކަލުންނާއި މެދު ރުހިވޮޑިގެންވާކަން ބަޔާންކުރައްވާފައެވެ. އަދި އެބޭކަލުންނީ އެންމެ ހެޔޮ އުންމަތްކަމުގައި އަންގަވާފައެވެ. އެހެންކަމުން އެބޭކަލުންނަށް ފުރައްސާރަކުރާ މީހާ اللهއަށް ފުރައްސާރަކޮށްފިއެވެ. الله އެރައްބުގެ ނަބިއްޔާއަށްޓަކައި އެހާ ނުބައި ބަޔަކު ޞަޙާބީން ގޮތުގައި އިޚްތިޔާރުކުރައްވާނެހެއްޔެވެ؟ الله ވަޙީކުރެއްވިއެވެ:

” كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ “

މާނައީ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވަމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ:

” مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ “

މާނައީ: ” اللَّهގެ ރަސޫލާ މުޙައްމަދުގެފާނާއިި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެެބޭކަލުންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބަޔެކެވެ. اللَّهގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ތިބާ އެބޭކަލުން ދެކޭނޫއެވެ. ސަޖިދައިގެ އަޘަރުން، އެބޭކަލުންގެ ޢަލާމާތްތައް އެބޭކަލުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެބޭކަލުންގެ މިޘާލެވެ. އަދި އިންޖީލުގައިވާ، އެބޭކަލުންގެ މިޘާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބުކޮށް ޙައިރާންކުރުވަމުންނެވެ. އެހުރިހާކަމަކީވެސް (އެބޭކަލުންގެ ސަބަބުން) ކާފިރުން ރުޅިއެރުވުމަށްޓަކައެވެ.”

ކާފަރުން ރުޅިއެރުވުމަށްޓަކައޭ އާޔަތުގައިވުމުން އިމާމު މާލިކު ވިދާޅުވިކަމަށް އިބްނު ކަޠީރުގެ ތަފްސީރުގައި ރިވާވެގެންވަނީ އެބޭކަލުންދެކެ ރުޅިއަންނަމީހާއީ ކާފަރެއްކަމުގައެވެ.

އަދިވެސް ވަޙީކުރެއްވިއެވެ:

” رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ “

މާނައީ: “اللَّه، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެއިލާހަށް ރުހިގެންވެއެވެ.” އަދި މުހާޖިރުންނާއި އަންޞޯރުންގެ ޙައްޤުގައި ވަޙީކުރެއްވިއެވެ:

” أُولَٰئِكَ هُمُ الصَّادِقُونَ “

މާނައީ: “އެއުރެންނީ ހަމަ ތެދުވެރީންނެވެ.”

ޚައްލާލު ރިވާކުރެއްވިއެވެ. އަބޫ ބަކުރަށާއި، ޢުމަރަށާއި، ޢާއިޝާއަށް އެއްޗެތިގޮވާ މީހާއާމެދު އިމާމު އަޙުމަދާއި ސުވާލުކުރެވުނެވެ. އެކަލޭގެފާނު ޖަވާބު ދެއްވިއެވެ: “އެކަންކުރާ މީހާއީ މުސްލިމެއްކަމުގައި ތިމަންނާ ނުދެކެމެވެ.” އަދިވެސް ޚައްލާލު ރިވާކުރެއްވިއެވެ. ޞަޙާބީއަކަށް އެއްޗެތި ގޮވި މީހެއްގެ ވާހަކަ އިމާމު އަޙުމަދުގެ ދަރިފުޅު އިމާމު އަޙުމަދާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ: “އޭނާއީ މުސްލިމަކުކަމުގައި ތިމަންނާ ނުދެކެމެވެ.”

އަދި އެޝިޢީން އެމީހުންގެ ފޮތްފޮތުގައި ޞަޙާބީންނޭ ކިޔައިގެން ގެންނަ ވާހަކަތަކީ އެއްވެސް އަޞްލެއްނެތް ޞައްޙަ އެއްވެސް މަގަކުން ރިވާވެފައިނުވާ ތާރީޚުގައި އެނގިފައިނުވާ، ކުއްލިއަކަށް އެފޮތްތަކުގައި އުފެދި ތާރީޚުގެ ތެރެއަށް ވައްދާފައިވާ ބުހުތާނު ވާހަކަތަކެކެވެ. އަދި ރިވާކުރުމުގައި އެއެއް މިއެއް ނުބަލައި ޙިމާރު އެއްޗެހީގެ ކިބައިންވެސް އެމީހުންގެ މައިގަނޑު ޙަދީޘް ފޮތްފޮތުގައި ރިވާކޮށްފައިވެއެވެ. ނުވިތާކަށް ޝައިޠޯނާގެ ކިބައިންވެސް ރިވާކޮށްފައި އެކަމަށް އެއްބަސްވެފައި އެބަހުއްޓެވެ.

މިލިޔުމުގައިވާ ނުކުތާތަކަކީ ޝިޢީންގެ މަޒްހަބާއި އަޅާ ބަލާއިރު ވަރަށް މަދު އެއްޗެކެވެ. އެހެނެއްކަމަކު އެމަޒުހަބު ބިނާވެފައިވަނީ މިކަންކަމުގެ މައްޗަށްކަމަށްވުމުން މިވަރު ފުދޭނޭކަމުގައި އުއްމީދުކުރަމެވެ. ދުޢާއަކީ ސުންނަތުގެ މަތީގައި ސާބިތު މުސްލިމުންކަމުގައިވާ ޙާލު الله އަޅަމެންގެ މަރުގެންނެވުމެވެ.

مراجع:

من عقائد الشيعة لعبد الله بن محمد السلفي

منهاج السنة لشيخ الإسلام ابن تيمية

هولاء هم الشيعة لأبي مسلم أيمن بن محمد

رسالة في الرد على الرافضة لشيخ الإسلام محمد بن عبد الوهاب

رحمهم الله

وصلى الله على سيدنا محمد وعلى آله وصحبه وسلم

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s